މަޒުމޫނުގެ ވައްތަރުތައް
މަޒުމޫނުގެ ވައްތަރުތަކުގެ ތެރޭގައި 5 ވައްތަރެއް ހިމެނެއެވެ. އެއީ ސިފަކުރާ
މަޒުމޫނާއި، ކަމެއް ހާމަކޮށްދޭން ލިޔާ މަޒުމޫނާއި، ކަމަކާއިމެދު ދެކޮޅަށް ވާހަކަ
ދައްކައިގެން ލިޔާ މަޒުމޫނާއި، ބަޔާންކުރާ މަޒުމޫނާއި، ޚީޔާލީ މަޒުމޫނެވެ.
ސިފަކުރާ މަޒުމޫނު
-
ސިފަކުރާ
މަޒުމޫނަކީ ކުރެހުން ތެރިޔަކު ފިހިން ކުލަ ޖައްސައިގެން މަންޒަރެއް ސިފަކޮށްދޭ ފަދައިން ލިޔުންތެރިޔާ ލަފުޒު ތަކާއި ޖުމުލަތައް ބޭނުންކޮށްގެން ސިފަކޮށްދޭ
ސިފަ ކޮށްދިނުމެކެވެ.
-
މިފަދަ
މަޒުމޫނެއްގައި އެއްޗެއް ތަނެއް ނުވަތަ މީހެއް ސިފަކޮށްދޭ ފަދައިން ހިނގާދިޔަ ކަމެއްވެސް ސިފަކޮށް
ލިޔެވިދާނެއެވެ.
-
މިފަދަ
މަޒުމޫނެއް ލިޔާއިރު ރަނގަޅު މަޢުލޫމާތު ހިމެނުމަށާއި ކިޔުންތެރިންނަށް ފަސޭހައިން
ވިސްނޭގޮތަށް ނުކުތާތައް ތަރުތީބުކޮށްގެން ލިޔުމަށް
ސަމާލުކަން ދޭންވާނެއެވެ.
ބަޔާންކުރާ މަޒުމޫނު
މި ބާވަތުގެ މަޒުމޫނަކީ ކަމެއް ހިގާދިޔަގޮތް ކިޔައި ދިނުމުގެ ގޮތުން ލިޔެފައި
ހުންނަ މަޒުމޫނެވެ.
-
މިފަދަ
މަޒުމޫނުގެ ތެރޭގައި މީހެއްގެ ޝަޚްޞިއްޔަތު ބަޔާންކޮށް ދިނުމަށް ލިޔެފައި ހުންނަ މަޒުމޫނާއި ތާރީޚީ ހާދިސާތައް ބަޔާންކޮށް ދިނުމަށް ލިޔެފައި ހުންނަ މަޒުމޫނާއި ޖަލްސާއެއް ހިގައި ދިޔަގޮތް ބަޔާންކޮށް ލިޔެފައިވާ
މަޒުމޫނާއި ދިގު ދަތުރެއް ހިގައި ދިޔަގޮތް ބަޔާންކޮށްފައިވާ މަޒުމޫނު ހިމެނެއެވެ.
ހާމަކޮށް އޮޅުންފިލުވައިދޭ މަޒުމޫނު
މި ބާވަތުގެ މަޒުމޫނަކީ ކަމެއްެ އަޮޅުންފިލުވައިދީ ހާމަކޮށްދިނުމުގެ ގޮތުން ލިޔާ
މަޒުމޫނެވެ.
-
މިފަދަ
މަޒުމޫނެއްގައި ލިޔުންތެރިޔާ މައިގަނޑު ނަމުގައިވާ އެއްޗެއް ނުވަތަ ކަމެއް
އޭނާގެ ޚިޔާލާއި ލިބިފައިވާ މަޢުލޫމާތުގެ އަލީގައި އޮޅުންފިލުވައިދެއެވެ.
-
މިފަދަ
މަޒުމޫނަކީ މުޖުތަމަޢުގައި ހިނގާ
ތަފާތު ޙަރަކާތްތަކާއި މަސައްކަތް
ތަކާއި ކުޅިވަރުތަކާއި ޢިލްމީ
މަޢުޟޫޢުތައް ހާމަކޮށް ލިޔެފައިހުންނަ މަޒުމޫނެވެ.
ބަހުސް ކުރާ މަޒުމޫނު
މިއީ ކަމަކާމެދު ދެކޮޅަށް ވިސްނައި މަޢުލޫމާތު ހޯދުމަށްފަހު ދެފަރާތް ހަމަ
ހަމަވާ ގޮތަށް ލިޔާ މަޒުމޫނެވެ.
-
މިފަދަ
މަޒުމޫނު ވަކިކޮޅއކަށް ބުރަވެހުރެ ލިޔެގެން ނުވާނެއެވެ.
-
އެއްފަރާތަކަށް
ބުރަވެ ހުރެ ލިޔާނަމަ ބަހުސް ކުރާ މަޒުމޫނެއްގައި ހުންނަންވީ އަސްރު
ނެތިހިގައިދާނެއެވެ.
-
ވަކި
ޖކޮޅަކަށް ނިންމަން ގަސްތުކުރާނަމަ ލިބިފައިވާ
ހެކިތަކަށް ބުރަވެ މަޒުމޫނު ނިންމުމުގައި ތިމާ ދެކޭގޮތެއް ނިންމާށެވެ.
-
މިފަދަ
މަޒުމޫނު ކިޔުން ތރިން ވަކިގޮތެއް ނިންމަންވެސް ދޫކޮށްލެވިދާނެއެވެ.
ބަހުސްކުރާ މަޒުމޫނު ދެގޮތަކަށް ލިޔެވިދާނެއެވެ. އެއްގޮތަކީ ކޮންމެ
ޕެރެގްރާފެއްގައިވެސް ދެކޮޅަށް ވާހަކަދައްކަމުން ލިޔުމެވެ.
އަނެއްގޮތަކީ މަޢުޟޫޢުގެ އެއްފަރާތް އެކީ ބުނެދިނުމަށްފަހު ދެވަނަ ފަރާތް
ބުނެދިނުމެވެ. މިއީ މިޒަމާނުގެ އެންމެ މަޤްބޫލު ގޮތެވެ.
ޚޔާލީ މަޒުމޫނު
ޚިޔާލީ މަޒުމޫނަކީ ވެދާނެކަމަކާމެދު ނުވަތަ އުފަންވެފައި ނުވާ ކަމަކާމެދު
ޚިޔާލުކޮށްގެން ލިޔާ މަޒުމޫނެވެ.
މިފަދަ މަޒުމޫނެއްގައިވެސް ގެންނަ ވާހަކަތައް ގެންނަންވާނީ އަނެކާގެ ބުއްދި
ގަބޫލުކުރާފަދަ ގޮތަކަށެވެ.
މަޒުމޫނެއް ލިޔަން ފެށުމުގެ ކުރިން ވިސްނަންޖެހޭ ކަންތައް
-
މަޒުމޫނުގެ މައިގަނޑު
ނަމެއް ކަނޑައެޅުން
-
މަޒުމޫނު ލިޔުމަށް
ބޭނުންވާ މަޢުލޫމާތު ހޯދުން
-
މަޒުމޫނު ލިޔާނެ ގޮތެއް
ކަނޑައެޅުން
-
އެ މަޒުމޫނެއް
ހުށައަޅާދޭފަރާތް ދެނެގަތުން
-
މަޒުމޫނު ލިޔުމުގެ
ބޭނުން ދެނެގަތުން.
މަޒުމޫނު ލިޔުމުގައި ގިރާކުރާ ހަރުފަތްތައް
-
މައިގަނޑު ނަމާމެދު
ހިތުގައި އުފެދޭ ހުރިހާ ޚިޔާލުތައް ލިސްޓު ކޮށަލާށެވެ.
-
ޚިޔާލުތައް ތަރުތީބު
ކުރުން.
-
ފުރަތަމަ ޑްރާފްޓް
ލިޔުން.
-
ރިވައިޒް ކުރުން
-
އެޑިޓްކުރުން
-
ފައިންލް ޑްރާފްޓް
ލިޔުން.
މަޒުމޫނުގެ ބައިތައް
ފެށުން
މަޒުމޫނުގެ ފެށުން ވާންޖެހޭނީ ކިޔުންތެރިން ޝައުޤުވެރި
ކުރުވާފަދަ ލިޔުންކޮޅަކަށެވެ. އަދި ހަމައެހެންމެ ފެށުމުގެ ޢިބާރާތްކޮޅުން
މަޒުމޫނުގެ މައިގަނޑަށް އަލި އަޅުވާލަން ޖެހޭނެއެވެ.
މަޒުމޫނުގެ ފެށުމުގެ ދިގުމިނަކީ ލިޔާ ލިޔުމުގެ
ގާތަގަނޑަކަށް އަށްބައިކުޅަ އެއްބައެވެ.
މައިގަނޑު
މައިގަނޑަކީ ލިޔުންތެރިޔާ އޭނާގެ ޚިޔާލާއި ޝުޢޫރު ހާމަކޮށް
ލިބިފައިވާ މަޢުލޫމާތުން ލިޔުންތެރިޔާއަށް ފެންނަގޮތް ހާމަކޮށް ހުށައަޅައިދޭ
ބައެވެ.
ހަމަ އެހެންމެ މިއީ ޚިޔާލުތައް ތަރުތީބުކުރިގޮތަށް
ހުށައަޅައިދޭ ބައިވެސް މެއެވެ.
މަޒުމޫނުގެ މައިގަނޑު ލިޔުމުގައި ތިރީގައިމިވާ
ކަންތައްތަކަށް ސަމާލުކަން ދޭންވާނެއެވެ.
-
ތަރުތީބު ކުރެވިފައިވާ
ޚިޔާލުތަކުން ވަކި ޢަދަދަކަށް ޚިޔާލުތައް ހޮވައި އަލުން ތަރުތީބުކޮށްލާށެވެ.
-
މަޒުމޫނުގެ
މައިގަނޑުގައި ލިޔާ ކޮންމެ އާ ޚިޔާލަކީ އާ ޕެރެގްރާފެކެވެ. ވީމާ ކޮންމެ
އާވާހަކަޔަކާއެކު ނުވަތަ އާ ޚިޔާލަކާއެކު އެއަށް ބާރުދޭ ޖުމުލަތަކެއް ގެނެސް އެ
ޕެރެގްރާފް ވަރުގަދަކުރަން ޖެހޭނެއެވެ.
-
މައިގަނޑުގައި ލިޔާ
ޕެރެގްރާފްތައް ލިޔަނީ ވަކި ވަކި ނުކުތާތަކެއްގެ މައްޗަށް ކަމުގައިވީ ނަމަވެސް
އެއް ޕެރެގްރާފް އަނެއް ޕެރެގްރާފާ ގުޅުން ހުންނަނަ ޖެހޭނެއެވެ. ވީމާ
އެއްޕެރެގްރާފް ނިންމާއިރު އަނެއް ނުކުތާއަށް އަމާޒު ކުރުމާއި ދެވަނަ ޕެރެގްރާފް
ފައްޓާއިރުވެސް ނިމިގެންދިޔަ ޕެރެގްރާފަށް އަމާޒުކުރުމަކީ މަޒުމޫނު މޮޅުވެ
ރީތިވާނެ ގޮތެކެވެ.
-
މަޒުމޫނުގެ ފެންވަރު އަންގައިދެނީ
ލިޔުންތެރިޔާ މަޒުމޫނުގައި ހުށައަޅައިދޭ އޮއްޓަރު ހުރި ވާހަކަތަކުންނެވެ. ވީމާ މައިގަނޑުގައި
ލިޔުންތެރިޔާގެ ޚިޔާލުތައް ސާބިތުކޮށް ދިނުމަށްޓަކައި ދައްކާ ހެކިތަކަކީ ތެދު އަދި
އަނެކުންނަށް ގަބޫލުކުރެވޭފަދަ އެއްޗަކަށް ހަދަންޖެހެއެވެ.
-
މިޒަމާނަކީ ތަފާތު
މަޢުލޫމާތުތައް އެކި ގޮތްގޮތުން ލިބެންހުރި ޒަމާނަކަށްވުމާއެކު ، މަޒުމޫނުގައި ރަނގަޅު
ތެދު މަޢުލޫމާތު ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ.
-
ކޮންމެ ކަހަލަ ލިޔުމެއް
ކަމުގައިވީ ނަމަވެސް ލިޔަންވާނީ ކިޔާމީހުންނަށް ފަސޭހައިން ދޭހަވާގޮތަށެވެ. ބަހުގެ
ހަމަތަކާއި ގަވާޢިދުތަކަށް ވިސްނަންވާނެއެވެ.
ނިންމުން
މަޒުމޫނުގެ ނިންމުމަކީ ލިޔުންތެރިއެއްގެ ޚިޔާލުތައް
ތަކުރާރުކޮށް ހަނދާންކޮށްދިނުމެވެ. ނުވަތަ ލިޔެފައިވާ ލިޔުމަށް އެ ލިޔުންތެރިއަކު
ބުރަވާގޮތް ހާމަކޮށްދިނުމެވެ.
-
ލިޔުންތެރިން މަޒުމޫނު
ނިންމާ ތަފާތު ގޮތްތައް ހުރެއެވެ. އޭގެތެރޭގައި:
-
މީހެއްގެ ހަރު
ބުނުމަކުން މަޒުމޫނު ނިންމުން
-
ޅެން ބައިތްކުން
މަޒުމޫނު ނިންމުން.
-
ކިޔުންތެރިންނަށް
ހުށައެޅޭ ސުވާލަކުން މަޒުމޫނު ނިންމުން.
-
މުޅި މަޒުމޫނަށް
ބިނާކޮށް ދެވޭ މެސެޖެއްގެ ގޮތުގައި މަޒުމޫނު ނިންމާލުން.
އެހެންނަމަވެސް މަޒުމޫނު ނިންމަންވީ އެންމެ ހަރުދަނާގޮތް ކަނޑައަޅާނީ އެ
މަޒުމޫނެއް ލިޔާ ލިޔުންތެރިއަކަށެވެ.
No comments:
Post a Comment